ވަރަށްގިނަ ބޭފުޅުން ބަނޑުގައި ހުންނަ މަސްތައް ވިރުުވުމަށް ބަނޑުގެ ކަސްރަތު ކުރާތަން ފެނެއެވެ. މިކަމުގެ ސަބަބުން ބަނޑުގެ މަސްތައް ވިރި ބަނޑުން ބޭރަށް ނުކުމެފައި ހުންނަ ބައި ހަމަޔަކަށް އެޅޭކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް މިއީ މުޅިން ކުށް ހީއެކެވެ. ކިތަންމެ ވަރަކަނަށް ބަނަޑުގެ ކސްރަތު ކުރިޔަސް ބަނޑެއް ނުހިނދޭނެއެވެ. ސަބަބަކީ ބަނޑުގައި ހުންނަ ދުލިފަށްތައް އެތެރެޔަށްވައްދާ ބަނޑުގެ ބައްޓަން ހަމަކުރުމަކީ ބަނޑުގެ ކަސްރަތާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. މިޔާއި ޚިލާފަށް ބަނޑުގެ ކަސްރަތު ކުރާ މިންވަރަކަށް ބަނޑުގެ އެތެރޭގެ މަސްތަށް ވަރުގަދަވެ އަދި ބައެއްފަހަރު މާގިނައިން ކަސްރަތު ކުރާނަމަ ބަނޑުގެ މަސްތަކަށް ވާންވެ މީހާ މަޑުމަޑުން ކުރިޔަށް ލެނބޭ ގޮތްވެއެވެ. އެހެންކަމުން މިކަމާއި ބެހޭ މަޢުލޫމާތު އެނގުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
ވިސެރަލް ފެޓަކީ ގޮހޮރުގެ ނުވަތަ ހަށިގަނޑުގެ އޯގަންތަކުގެ ވަށައިގެން ހުންނަ ސަރުބީއެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބާދިނުމަށްޓަކައި ވިސަރަލް ފެޓް ހަށިގަނޑު ބޭނުންކުރެއެވެ.
ހަށިގަނޑަށް ހަކަތަ ލިއްބާދިނުމަށްޓަކައި ހަށިގަނޑު 2 ގޮތަކަށް މަސައްކަތް ކުރެވެއެވެ. ފުރަތަމަ ގޮތަކީ ގުލްކޯޒް ގެ ގޮތުގައި އަޅުގަނޑުމެން ކާއެއްޗެތިން ލިއްބައިދޭ ހަކަތައެވެ. ދެވަނަ ގޮތަކީ އިސްވެ ދެންނެވުނު ފަދައިން ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ފެޓުމަށް ލިއްބައިދޭ ހަކަތައެވެ.
މިދެންނެވި 2 ގޮތުންކުރެ ހަށިގަނޑަށް ހަކަތަ ދޭނީ ކޮން ގޮތަކުން ކަން ކަނޑައަޅަކީ ހަށިގަނޑުގައި ހުންނަ އިންސިޔުލިންގ އަދި ގުލްކަގޯން ކިޔާ ހޯމޯނެކެވެ. ހަށިގަނޑުގައި އިންސިއުލިންގ މައްޗަށް ގޮސް ގުލްކޮގޯން ދަށަށް ދާނަމަ ހަށީގަނޑު ހަކަތައިގެ ގޮތުގައި ބޭނުން ކުރާނީ ކެއުމުން ލިބޭ ހަކަތައެވެ. މިޔާއި ޚިލާފަށް ހަށިގަނޑުގައި ގުލްކޮގޯން މައްޗަށް ގޮސް އިންސިއުލިންގ ދަށަށް ދާނަމަ ހަށިގަނޑުގައި ރައްކާ ކޮށްފައި ހުންނަ ފެޓް ހަކަތައިގެ ގޮތުގައި ބޭނުންކުރެއެވެ.
އެހެންކަމުން ހަށިގަނޑުގައި އިންސިއުލިންގ ލެވެލް ދަށްކުރަން ބޭނުންނަމަ ކެއުމުގެ ދޭތެރެ ދުރުކުރުމާއި، ރަނގަޅު ކާނާއާއި، ކެއުމުގެ މިންވަރު މަދުކުރުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ.
މި ކަމުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވީޑިއޯ ބައްލަވާލައްވާ
@pulse_health_phitnus ހަށިގަނޑުގައި ޖަމާވެފައި ހުންނަ ފެޓްތައް އަންދާނެ ގޮތް https://econnect.mv/health-fitness/ facebook.com/pulsehealthfitnus tiktok.com/@pulse_health_phitnus instagram.com/pulse_health_fitness https://www.youtube.com/@PulseHealthFitness #Fitness #FitLife #Workout #HealthyLifestyle #FitnessGoals #ActiveLifestyle #PulseHealth&Fitness

