ބީ އެމް.އައި (ބޮޑީ މާސް އިންޑެކްސް) އަކީ ހަށިގަނޑުގެ ބަރުދަނަކީ މީހާގެ އިސްކޮޅާ އެކަށީގެންވާ މިންވަރުތޯ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށްޓަކައި ބޭނުންވާނީ މީހާގެ އިސްކޮޅާއި، ބަރުދަނެވެ.
ބީ.އެމް.އައި ބަލާނެ ގޮތް
ބީއެމް އައި ބެލުމަށްޓަކައި މީހާގެ ބަރުދަން މީހާގެ އިސްކޮޅުގެ ދެގުނައިން ގެއްލާނީއެވެ. މިގޮތަށް ބެލުމުން ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް އެނގޭނެއެވެ.
ބޮޑު މީހެއްގެ ބޮޑީ މާސް އިންޑެކްސްގެ ނަތީޖާ
- އާދަޔާ ޚިލާފަށް ބަރުދަން ލުއި: 18.5 އަށް ވުރެ ދަށް
- ބަެުރުދަން އެންމެ ރަނގަޅު މިންވަރު: 18.5 އާއި 24.9 އާއި ދެމެދު
- ބަރު: 25.0 އާއި 29.9 އާއި ދެމެދު
- އާދަޔާ ޚިލާފަށް ބަރު: 30.0 އަށްވުރެ މަތި
ބީ އެމް.އައި ގެ ބޭނުން
- ފަސޭހައިން އަވަހަށް މީހާގެ ބަރުދަނާއި ގުޅުންހުރި ފިޓްނަސް ވަޒަންކުރެވޭނެ
- ހިތުގެ ބަލި، ހަކުރު ބަލި، ލޭމައްޗަށްދިއުން ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އޮތް މިންވަރު ވަޒަންކުރެވޭނެ
ބީ އެމް.އައި ޓެސްޓުގައި ހުރި ލިމިޓޭޝަންތައް
- ހަށިގަނޑުގައި ހުންނަ ފެޓްގެ މިންވަރު ވަޒަން ނުކުރެވޭނެ
- މިޓެސްޓު ގެ ނަތީޖާ އެތްލީޓުންނަށް، މާބަނޑު މީހުންނަށް، އުމުރުން ދުވަސްމީ މީހުންނަށް އެކަށީގެންނުވާނެ
- ހަށިގަނޑުގެ މަސްތަކުގެ ބަރުދަނާއި، ކަށިތަކުގެ ބަރުދަނާއި، ސަރުބީ ހަށިގަނޑުގައި އެކުލެވޭ މިންވަރު ނުބެލޭނެ
މިސާލަކަށް: އެމެރިކާގެ މީހުންނާއި ރާއްޖޭގެ މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުގެ ސަބަބުން އެއް ބަރުދަނެއް އަދި އެއް އިސްކޮޅެއް ހުންނަ ދެމީހުންގެ ބޮޑީ މާސް އިންޑެކްސްގެ ނަތީޖާ ގެ ސަބަބުން ކުރާނެކަމަށް ބުނާ އަސަރު ތަފާތު ވެދާނެއެވެ. ކަން މިހެން ހުރިނަމަވެސް މީހާގެ އިސްކޮޅާ އެކަށީގެންވާ މިންވަރުތޯ ދެނެގަތުމަށް މިޓެސްޓްގެ ބޭނުން ހިފިދާނެއެވެ.
ޓެސްޓް ހެދުމަށްޓަކައި ވެބްސައިޓްގެ މެނޫއަށް ގޮސް > ފިޓްނަސް ވަޒަންކުރުން މިބަޔަށް ދިއުމުން ބީ.އެމް.އައި ޓެސްޓް ހަދާލެވޭނެއެވެ.

