ހިކުމަކީ އެހާ އުނދަގޫ ކަމެއްތަ؟

ބަރުދަން ލުއިކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމަށް ވާއިރު އަނެއްބައި މީހުންނަށް އެއީ ވަރަށް ފަސޭހަކަމެކެވެ. ސަބަބަކީ އެކި މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ހަށިގަނޑުން ކެލަރީ އެންދުމަށްޓަކައި ކުރެވޭ މަސައްކަތަށް ފަސޭހަވުމާއި އުނގަދޫވުން ބަރޯސާވެއެވެ. އެހެންކަމުން ހަށިގަނޑުގައި އިތުރާ ބަރުދަން ހަށިގަނޑުން ވަކިކުރުމަށްޓަކައި މި ސިސްޓަމް މަސައްކަތް ކުރާ ގޮތް އެނގުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމަށްޓަކައި 2 ނިޒާމެއް މަސައްކަތް ކުރެއެވެ. އެއީ ހަށިގަނޑު ގައި ރައްކާކޮށްފައި ހުންނަ ހަކަތައާއި ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެކުރާ ކާނާއިން ލިބޭ ހަކަތައެވެ. ފަހުގެ ރިސާރޗް ތަކަށް ބަލާއިރު ހަށިގަނޑުގައި ހުންނަ އިތުރުވާ ސަރުބީތައް ވިރުވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ހަށިގަނޑުގައި ރައްކާ ކޮށްފައި ހުންނަ ފެޓް ހަކަތައިގެ ގޮތުގައި ބޭނުން ކުރުމެވެ. 

އިސްވެ ދެންނެވުނު ގޮތަށް ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ފެޓް ހަކަތައިގެ ގޮތުގައި ބޭނުންކުރަން ބޭނުންނަމަ ހަށިގަނޑަށް ކެނޑިނޭޅި އެތެރެކުރާ ހަކަތައިގެ މިންވަރު މަދުކުރަންޖެހެއެވެ. މިގޮތަށް ޢަމަކުކުރުމުން ކަސްރަތު ކުރުމާއި އެހެނިހެންވެސް ހަށިގަނޑުގެ ބޭނުންތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް އިސްވެ ދެންނެވުނު ނިޒާމް މަސައްކަތް ކުރެވއެވެ.

 މި ނިޒާމަށް ހަށިގަނޑު ދިއުމަށްޓަކައި ގިނަ ވަގުތު ނުކައި ހުރުން ނުވަތަ ކާމިންވަރު މަދުކުރުން އިޙްތިޔާރު ކުރެވިދާނެއެވެ.  މިގޮތަށް ޢަމަލުކުރުމުން ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ފެޓް ހަކަތައިގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. އަދި ހަށިގަނޑުގައި ޖަހާފައިހުންނަ ފެޓްތައް އަނދާ ހަށިގަނޑު ރީތި ސިފައަކަށް ގެންގޮސްދިނުމަށް އެހީތެރިވެދެއެވެ.

މި ކަމުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވީޑިއޯ ބައްލަވާލައްވާ 

@pulse_health_phitnusބަރުދަން ލުއިކުރުމަށްޓަކައި މިނިޒާމް މަސައްކަތްކުރާގޮތް #Fitness #FitLife #Workout #HealthyLifestyle #FitnessGoals #ActiveLifestyle #PulseHealth&Fitness

♬ original sound – Pluse Health & Fitness

Leave a Reply

Your email address will not be published. Required fields are marked *

Back To Top