މިޓެސްޓަކީ ހަށިގަނޑުގެ އުފެދުމަށް ދުވާލެއްގެ މައްޗަށް ކިހާ މިންވަރެއްގެ ޕްރޮޓީންއެއް ބޭނުންވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
ޕްރޮޓީން އަކީ ކީއްކުރާ އެއްޗެއް؟
- ޕްރޮޓީން އަކީ ހަށިގަނޑުގެ ހެދިބޮޑުވުމަށް ވަރަށްމުޙިއްމު ދަޢުރެއް އަދާކުރާ އެއްޗެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ކަސްރަތު ކުރައްވާ ބޭފުޅުންނާއި، ބަރު އުފުއްލަވާ ބޭފުޅުންނާއި، ހަށިގަނޑަށް ލިބޭ އެކިގެއްލުންތައް ރަނގަޅުކޮށް އިއާދަކުރުމަށް މުޙިއްމު އެއްޗެކެވެ.
- ޕްރޮޓީންއަކީ ހަށިގަނޑުގެ ހޯމޯން އަދި އެންޒައިމްތައް އޭގެ ދަޢުރު އަދާކުރުމަށް ވަރަށް އެހީތެރިވާ އެއްޗެކެވެ.
- ޕްރޮޓީން ހަށިގަނޑަށް ބޭނުންވާ މިންވަރު ކަނޑައެޅުމަށްޓަކައި މީހާގެ ބަރުދަނާއި، އުމުރާއި، ޖިންސާއި، ކަސްރަތު ކުރާ މިންވަރު އެނގެން ޖެހެއެވެ.
ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ މިންވަރު
- ސެޑެންޓަރީ ލައިފްސްޓައިލެއްގައި އުޅޭ ބޮޑު މީހެއް ނަމަ:8 ގްރާމް ހަށިގަނޑުގެ ކޮންމެ ކިލޯއަކަށް
- ހަރަކާތްތެރިވެ އުޅޭ މީހެއްނަމަ:2 އާއި 1.6 ގްރާމާއި ދެމެދު
- ހަށިގަނޑުގެ މަސްތައް ބޮޑުކުރާނަމަ:6 އާއި 2.2 ގްރާމާއި ދެމެދެ
- ކަސްރަތާއި އެކު ބަރުދަން ލުއިކުރާނަމަ:6 އާއި 2.0 ގްރާމާއި އާއި ދެމެދު
ނޯޓު: ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ ވަރު ބެލުމަށްޓަކައި ހެދޭ ޓެސްޓަކީ ބޭރުފުށުގެ ޢަލާމާތްތަކުގެ މައްޗަށް ހެދޭ ޓެސްޓަކަށްވާތީ ޓެސްޓް ހެދުމުންލިބޭ ނަތީޖާގެ މައްޗަށް މީހާ އެއްކޮށް ބަރޯސާވެގެން ނުވާނެއެވެ. މިއީ ޑޮކްޓަރީ ލަފައެއް ނޫނެވެ. އެހެންކަމުން ކިޑްނީ ބަލިފަދަ ބަލިތައް ތަޙައްމަލް ކުރައްވާނަމަ މިކަމުގައި ޑޮކްޓަރެއްގެ ލަފާހޯއްދެވުމަށް އިލްތިމާސް ކުރަމެވެ.
މި ޓެސްޓް ހެދުމަށްޓަކައި ވެބްސައިޓްގެ މެނޫއަށް ގޮސް > ފިޓްނަސް ވަޒަންކުރުން މިބަޔަށް ދިއުމުން ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ މިންވަރުގެ ޓެސްޓް ހަދާލެވޭނެއެވެ.

