ހަކުރު އެކުލެވޭ ބައިންތަކާއި، މެޓާ ފަދަ ތަކެއްޗަކީ ގިނަ އަދަދަކަށް ކެލަރީ އެކުލެވޭ ބާވަތްތަކެވެ. އެހެންކަމުން މިތަކެތި ބޭނުންކުރުމުން މީހާގެ ބަރުދަން އިތުރުވެ ތަފާތު ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. އަދި ހަކުރު އެކުލެވޭ މިފަދަ ބާވަތްތައް ބޭނުންކުރުމުން ހަށިގަނޑުގެ އިންސިއުލިންގ ލެވަލް މަތިވެގެން ދެއެވެ. މިކަމުގެ ނަތީޖާއަކީ ހަކުރު ބަލިތައްފަދަ ހަށިގަނޑު ހަލާކުކޮށްލާ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދިއުމެވެ.
ބަރުދަން އިތުރުވުމާއި، އިންސިއުލިންގ ލެވަލް މަތިވުމުގެ ސަބަބުން ކޮލޯން، ބްރެސްޓް އަދި ޕެންކްރިއަސް ކެންސަރ ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. މީގެ އިތުރުން ހަކުރުގެ ސަބަބުން އަނގާގައި ހުންނަ ބެކްޓީރިއާތަކުގެ މަސައްކަތް އިތުރުވެ ދަތް ހަލާކުވުމާއި، ހިރުގަނޑު ގިރުމުގެ މައްސަލަތައް ދިމާވާކަމަށް ދިރާސާ ތަކުން ދައްކައެވެ. މީގެ އިތުރުން ހަކުރުގެ ސަބަބުން ހަށިގަނޑުގެ ބްލަޑް ޕްރެޝަރ އިތުރުވެ ހިތުގެ ބަލިތަކަށް ހަށިގަނޑު ހުށައެޅިގެންދެއެވެ. ހަކުރުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މައްސަލަތައް ދިމާވާކަމަށް ފަހުގެ ދިރާސާތަކުން ފާހަގަކުރެވެއެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ބޭއްވޭ ތަފާތު ފޯރަމްތަކާއި، ކޮންފަރެންސް ފަދަ ކަންކަން ކުރިޔަށް ދާއިރު މޭޒުމަތީގައި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ޚާއްޞަ ގޮތެއްގައި މެޓާފަދަ ހަށިގަނޑަށް ގެއްލުން ލިބޭ ބާވަތްތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ސުވާލަކީ ކޮންފަރެންސެއް ނުވަތަ މިފަދަ އިވެންޓެއްގައި މޭޒުމަތީގައި މިފަދަ އެއްޗެއް ނެތްނަމަ އެކަމުގެ ފަޅުކަން ފިލުވުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ފޫހިކަން ފިލުވާލާ އެހެން ކަމެއް އަޅުގަނޑުމެންނަށް ތަޢާރަފް ކުރެވިދާތޯއެވެ؟
އިސްވެ ދެންނެވުނު ގޮތުގެ މަތިން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މޭޒުމަތީގައި ފޮނިތޮށި, ކާފޫރުތޮޅ، އަދި ކަރަންފޫ ކަހަލަ ހަށިގަނޑަށް ގެއްލުން ކުޑަ އެހެންނަމަވެސް ގިނަ ވަގުތު އެކްޓިވްކޮށް ތިބުމަށް އެހީތެރިވެދޭ ތަކެތި ބެހެއްޓި ދާނެއެވެ.
ކަރަންފުލުގެ ސަބަބުން އަނގައިގައި ހުންނަ ބެކްޓީރިއާތައް މަރާލާ، ދިފާޢީ ނިޒާމް ރަނގަޅުކޮށް، ހަޖަމްކުރުމުގެ ނިޒާމް ވަރުގަދަކޮށްދީ، ހަށީގަނޑުގެ ބްލަޑްލަވަން ހެޔޮކޮށްދީ، ދަތް ގިރުމުގެ މައްސަލަ ހައްލުކޮށްދެއެވެ.
ފޮނިތޮއްޓަކީވެސް އަނގައިގައި ހުންނަ ބެކްޓީރިއާތައް މަރާލާ، ދިފާޢީ ނިޒާމް ރަނގަޅުކޮށް، ހަޖަމްކުރުމުގެ ނިޒާމް ވަރުގަދަކޮށްދީ، ބަނޑުގައި އުފެދޭ ގޭސް ކޮންޓްރޯލްކޮށް، ސިކުނޑީގެ ދުޅަ ހެޔޮކަމަށް ވަރަށް މުހިއްމު އެއްޗެކެވެ.
ކާފޫރުތޮޅިއަކީވެސް އަނގައިގައި ހުންނަ ބެކްޓީރިއާތައް މަރާލާ، ދިފާޢީ ނިޒާމް ރަނގަޅުކޮށް، މީހާގެ މޫޑު ރަނގަޅުކޮށްދީ، ބްލަޑް ޝުގަރ މެނޭޖްކޮށް، ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު އެއްޗެކެވެ.
މީގެ އިތުރުން ތަފާޓު ބާވަތް ބާވަތުގެ ބަދަން (ނަޓްސް) ބެހެއްޓިދާނެއެވެ.
މިކަމާއިގުޅޭ ވީޑިއޯ ބައްލަވާލެއްވުމަށް:
@pulse_health_phitnus ޖަލްސާ ތަކާއި ބައްދަލުވުންތައް ކުރިޔަށް ދާއިރު މޭޒުމަތީގައި ހުންނަ މެޓާ https://econnect.mv/health-fitness/ Join us on a journey towards a healthier, happier you! Whether you're a fitness enthusiast or just starting, this channel is your go-to resource for inspiration, tips, and motivation. https://econnect.mv/health-fitness/ facebook.com/pulsehealthfitnus tiktok.com/@pulse_health_phitnus instagram.com/pulse_health_fitness https://www.youtube.com/@PulseHealthFitness #Fitness #FitLife #Workout #HealthyLifestyle #FitnessGoals #ActiveLifestyle #PulseHealth&Fitness

