ބަރުދަން ކުއިކުރުމަށްޓަކައި އިންސިއުލިންގ މެނޭޖް ކުރާނެގޮތް

ހަށިގަނޑުގެ ބަރުދަން އެއްމިންވަރެއްގައި ހިފެހެއްޓުމަށް ކަސްރަތު ކުރުމާއި، ކެއިންބުއިމުގެ އާދަތަކާއި، ނިދުމާއި މިކަންކަމަކީ ކަނޑައެޅޭ ވަކިގޮތެއްގެ މަތިން ތަރުތީބުކޮށް ގެންދަންޖެހޭ ކަންކަމެވެ. މިގޮތުން ހަށިގަނޑު ބަރުދަން ލުއިކުރުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކީ އިންސިއުލިންގ ލެވަލްއެވެ. އެގޮތުން ހަށިގަނޑުގެ އިންސިއުލިންގ ލެވަލް މެޖޭޖް ކުރުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރެވިދާނެއެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ކެއުމުގެ ދޭތެރެ ދުރެވިދާނެއެވެ. ރޯދަ ހިފުމަކީ އިންސިއުލިންގ މެނޭޖްކުރުމަށް ވަރަށްބޮޑަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުން ނިދިން ހޭލުމަށްފަހު ހެނދުނުގެ ނާސްތާ ނެގުމާއި ދޭތެރޭ ގަޑިއެއްގެ އިރު ނުވަތަ 2 ގަޑިއިރުވަރު ހޭދަކުރެވިދާނެއެވެ. މިގޮތަށް ޢަަމަލުކުރުމުން ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގައި އިންސިއުލިންލެވަލް ދަށްކޮށް ހުންނަ ހުރުން އިތުރަށް ކުރެވި ހަށިގަނޑަށް ހަކަތަ ލިއްބާ ދިނުމަށް ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ފެޓް ބޭނުން ކުރާނެއެވެ.
ދެވަނަ ގޮތަކީ ކެއުމުގެ ކުރިން ފައިބަރ އެކުލެވޭ ބާވަތްތައް ބޭނުން ކުރުމެވެ. މިގޮތުން ކެއުމުގެ ކުރިން ފައިބަރ ހިމެނޭ ބާވަތްތައް ބޭނުންކުރުމުން ހަށިގަނޑުގެ އިންސިއުލިންގ ލެވަލް ދަށްކޮށްދެއެވެ.
ދިވެހިން ކެއުމުގައި ޢާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ފައިބަރ ހިމެނޭ ބާވަތްތަކުގެ ތެރޭގައި ބްރޯކަލީ، ކެރެޓް، ސްޕިނެޗް، ސްވީޓް ޕޮޓޭޓޯ ތޮއްޓާއިއެކު، އާފަލު ތޮއްޓާއިއެކު، ފިއަރސް ތޮއްޓާއިއެކު، ދޮންކެޔޮ، އެވޮކާޑޯ، އޮރެންޖް، ޗިއަރ ސީޑް، އަލްމޮންޑް ފަދަ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.
މި ކަމުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވީޑިއޯ ބައްލަވާލައްވާ

@pulse_health_phitnus

ބަރުދަން ލުއިކުރުމަށްޓަކައި އިންސިއުލިންގ ލެވަލް މެނޭޖް ކުރާނެގޮތް https://econnect.mv/health-fitness/ facebook.com/pulsehealthfitnus tiktok.com/@pulse_health_phitnus instagram.com/pulse_health_fitness https://www.youtube.com/@PulseHealthFitness Fitness FitLife Workout HealthyLifestyle FitnessGoals ActiveLifestyle PulseHealth&Fitness

♬ original sound – Pluse Health & Fitness – Pluse Health & Fitness

Leave a Reply

Your email address will not be published. Required fields are marked *

Back To Top