ބާޕީސްއަކީ މުޅިހަށިގަނޑުގެ މައިގަނޑު މަސްތައް ހަރަކާތްތެރިވާ ކެލެސްތެނިކް ކަސްރަތެކެވެ. އެއްވެސް އާލާތެއް ބޭނުންނުވާ ހަށިގަނޑުގެ މަތީގެ މަސްތަކާއި ފައިގެ މަސްތަކަށް ކަސްރަތު ލިބޭ މިކަސްރަތަކީ ބަރުދަށް ލުއިކޮށްލުމަށްޓަކައި ވަރަށް މުހިއްމު އަދި ފަސޭހަ ކަސްރަތެކެވެ.
މިކަސްރަތުގެ ސަބަބުން ފައި، އުނަގަނޑު، ފުރަގަސް، ބަނޑު، އަތް، މޭ، އަދި ކޮނޑުގެ މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ. އަދި ހިތުގެ ފިޓްނަސް އިތުރުކޮށް މީހާގެ ބުރަހެލިކަން މިކަސްރަތުގެ ސަބަބުން ރަނގަޅުކޮށްދެއެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ހައި-އިންޓެންސިޓީ އިންޓަވަލް ޓްރޭނިންގ (އެޗް.އައި.އައި.ޓީ) އަކީ ވަރަށް މުޙިއްމު ދަޢުރެއް އަދާކުރެއެވެ. މިގޮތުން ބާޕީސްއަކީ މިފަދަ ފުރިހަމަ ކާރޑިއޯ ވޯކްއައުޓެއް ތަރުތީބު ކޮށްލުމަށް ކޮށްލެވިދާނެ ވަރަށް މުޙިއްމު ކަސްރަތެކެވެ.
ފެޓް ބަރންކުރުމުގެ އިތުރުން، ތިމާގެ ވޯކްއައުޓް ރޫޓީނުގައި ބާޕީ ހިމެނުމުން ހިތުގެ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބިދާނެއެވެ، އޭގެ ތެރޭގައި:
- ހިތާއި ފުއްޕާމޭ ވަރުގަދަވުން
- ލޭ ދައުރުވުން ރަނގަޅުވުން
- ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ކުޑަވުން
- ލޭގެ ޕްރެޝަރު ދަށްވުން (Trusted Source)
- ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅުވުން
- ސިކުނޑީގެ މަސައްކަތް ރަނގަޅުވުން
ފަހުގެ ރިސާރޗް ތަކުން ދައްކާގޮތުގައި ހައި-އިންޓެންސިޓީ އިންޓަވަލް ޓްރޭނިންގ ހަށިގަނޑުގެ ފެޓް ބަރންކުރުމަށް، ޚާއްޞަކޮށް ބަނޑާއި ބަނޑުގެ ވަށައިގެންވާ ސަރަހައްދުގެ ފެޓް ދުއްވާލުމަށް ވަރަށް ބޭނުންތެރި ކަސްރަތެކެވެ.
ބާޕީ ހެދުމަށް އެއްވެސް ސާމާނެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ތިމާގެ ހަށިގަނޑުގެ ބަރުދަނާއި، ކަސްރަތު ހެދުމަށް ފުދޭވަރުގެ ޖާގައެކެވެ. އެހެންކަމުން، ކުޑަ އެޕާޓްމަންޓެއްގައި، ހޮޓާ ރޫމެއްގައި، ނުވަތަ ކުޑަ އޮފީހެއްގައި ހުއްޓަސް، ބާޕީ ހަދައިގެން އިސްވެ ދެންނެވުނު ފައިދާތައް ހަށިގަނޑަށް ހޯދިދާނެއެވެ.
ބާޕީސް ހަދާނެގޮތުގެ ވީޑިއޯ ބައްލަވާލައްވާ:


