ބައެއް ދިރާސާ ތަކުން ދައްކާގޮތުގައި އިންޓަރމިޓެންޓް ފާސްޓިންގ ގެ ސަބަބުން ބަރުދަން ލުއިވުމާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް ފަސޭހަވުމާއި، ރަނގަޅު ސިއްޙަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. މިވަގުތު ފިޓްނަސްގެ ދާއިރާގައި ފިޓްނަސްގެ އެންމެ މުހިއްމު ބަހުޘަކީ އިންޓަމިޓެންޓް ފާސްޓިންގގެ ވާހަކަތަކެވެ. އެހެންކަމުން މިކަމާއި މެދު ވާހަކަދައްކާލުމަކީ މުހިއްމުކަމެއްް ކަމުގައި ފެނެެއެވެ.
އިންޓަމިޓެންޓް ފާސްޓިންގ އަކީ ވަކި ވަގުތުތަކެއް ވަންދެން ކަޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ކެއުމުގެ ކަންކަން ކުރިޔަށް ގެންދިއުމެވެ. މީގައި ކެއުމުގައި ވަކި ބާވަތްތައް ބޭނުންކުރުމާއި، ނުކާންވީ ބާވަތްތަކެއް ބަޔާންކުރުމަށްވުރެ ބޮޑަށް ކެއުމުގެ ވަގުތުތައް ތަރުތީބު ކުރާނެ ގޮތް ބުނެދެއެވެ. ފާސްޓިންގ ގައި ހުންނަ ވަގުތު ދިޔާ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. މިގޮތުން ކެލޮރީ މަދު ދިޔާ ބާވަތްތައް ކަމުގައިވާ ފެންބުއިމާއި، ހާރބަލް ސައި، އަދި ކޮފީ ބޭނުންކުރެވިދާނެއެވެ.
އިންޓަމިޓެންޓް ފާސްޓިންގ ގެ ތަފާތު އެކިގޮތްތައް އެކިފަރާތްތަކުން ބޭނުންކުރެއެވެ. މިގޮތުން އެންމެ މަޝްހޫރު ގޮތްތަކަކީ
- 16/8 މެތަޑް: މި މެތަޑްގައި 16 ގަޑިއިރު ނުކައި ހުންނައިރު ކެއުމުގައި ހޭދަކުރާނީ 8 ގަޑިއިރެވެ. މިގޮތުން ހެނދުނުގެ ނާސްތާ ދޫކޮށްލާ ރޭގަނޑު ކެއުން ނުވަތަ ހެނދުނުގެ ނާސްތާ ނެގުމަށްފަހު ރޭގަނޑުގެ ކެއުން ދޫކޮށްލެވިދާނެއެވެ. މި ދެގޮތްވެސް އިޚްތިޔާރުކުރެވިދާނެއެވެ.
- އީޓް-ސްޓޮޕް-އީޓް: މިއީ 24 ގަޑިއިރު ނުކައި ހުރުމެވެ. މިގޮތުން މިކަން ހަފްތާއަކު 2 ފަހަރު ތަކުރާރު ކުރެވިދާނެއެވެ. މިއީ ވަރަށް އިފެކްޓިވް ގޮތެއްކަމުގައި މިކަމުގެ މާހިރުން ބުނެއެވެ.
- 5:2 ރޭޝިއޯ ޑަޔަޓް: މިއީ ޢާއްމުކޮށް ކެއުން ގެންގުޅޭ ގޮތަށް ހަފްތާއަކު 5 ދުވަހު ގެންގުޅެފައި ހަފްތާގެ 2 ދުވަހެއްގައި 500 އާއި 600 ދެމެދުގެ އަދަދަކަށް މިއިން ކޮންމެ ދުވަހަކުވެސް ކެލޮރީ ބޭނުންކުރުމެވެ.
އިސްވެ ދެންނެވުނު ކަންކަމުގެ އިތުރުން ކާވަގުތުތައް މަދުކޮށް ޢާއްމުކޮށް ކާ މިންވަރަށްވުރެ މަދުކުުރުމަކީވެސް ބައެއް ފަރާތްތަކުން ޢަމަލުކުރާ ގޮތެކެވެ. މިގޮތަށް ޢަމަލުކުރުުމުން ދިގުމުއްދަތެއްގައި ހަށިގަނޑުން މިބަދަލުތައް ފެންނަން ފަށާނެއެވެ.
އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި ހޯމޯންއަށް އަންނަ ބަދަލުތައް
އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ހިޔުމަން ގްރޯތު ހޯމޯން ލެވަލް މައްޗަށް ގޮސް އިންސިއުލިންގ ލެވަލް ދަށްކޮށްދެއެވެ. ތިރީގައި އެވަނީ ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކެވެ.
- ހިޔުމަން ގްރޯތު ހޯމޯން ލެވަލް މައްޗަށް ދިއުން: އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ބަރުދަން ލުއިވެ ހަށިގަނޑުގައިވާ މަސްތައް އުފެދުމަށް އެހީވެދެއެވެ.
- އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން އިންސިޔުލިންގ ސެންސިޓިވިޓީ ހެޔޮކޮށް އިންސިއުލިންގ ދަށްކޮށްދެއެވެ. އިންސިއުލިންގ ދަށަށް ދިއުމަކީ ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީ ވިރުވުމަށް އެހީވެދޭ ކަމެކެވެ.
- އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ހަށިގަނޑުގެ ސެލްތައް މަރާމާތު ކުރުމަށް އެހީތެރިވެއެވެ. އަދި ހަލާކުވާ ސެލް ހަށިގަނޑުން ވަކި ކުރުމުގެ ކަންކަން ކުރިޔަށްދެއެވެ.
- އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ޖީނަށް ހެޔޮބަދަލުތައް އައިސް އުމުރު ދިގުވުމަށް އެހީތެރިވުމާއި، ބަލިތަކުން ހަށިގަނޑު ދިފާޢުވުމަށް އެހީތެރިވެދެއެވެ.

އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތައް
- ބަރުދަން ލުއިވުން
- އިންޓަމިޓެންޓް ފާސްޓިންގ އިންސިއުލިންގ ރެސިސްޓެންސް މަދުކޮށްދެއެވެ. ހަށިިގަނޑުގެ ބްލަޑް ޝުގަރ ލެވަލް މެނޭޖްކޮށް ޓައިޕް-2 ގެ ޑައިބެޓިކްސް އިން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.
- އިންޕްލެމޭޝަން: ދިރާސާ އަކުން ދައްކާގޮތުގައި އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ހަށިގަނޑުގެ އިންޕްލެމޭޝަން (ދިފާއީ ނިޒާމް) ދަށްކޮށްދެއެވެ.
- ސިކުނޑީގެ ދުޅަހެޔޮކަން: ދިރާސާ އަކުން ދައްކާގޮތުގައި އިންޓަމިޓެންޓް ފާސްޓިންގ ގެ ސަބަބުން ސިކުނޑީގެ ބީ.ޑީ.އެން.އެފް (Brain-Derived Neurotrophic Factor) ރަނގަޅުވެ ސިކުނޑީގެ އާ ނާރު އުފެދުމަށް އެހީތެރިވެދެއެވެ.
ނޯޓު: – އިންޓަމިޓެންޓް ފާސްޓިންގ އަކީ ކެއުމުގެ ވައްޓަފާޅިއަކާއި ގުޅުންހުރި މުހިއްމު ކަމަކަށްވެފައި އެކި ބާވަތްތަކުގެ ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކުން މިފަދަ ގޮތަކަށް ކެއުމުގެ ކަންކަން ބަދަލުކުރައްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

